ads
ދެ ރައީސުން ބައިވެރިވާ އެމްޑީޕީ ކެމްޕެއިން ޕޯސްޓަރު ހަރުކުރުން މާދަމާ
ލޯކަލް ކައުންސިލް އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފައި އެވެ.

އެމްޑީޕީން ބުނެފައިވަނީ، މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެލައްވާނެ ކަމަށެވެ. 

ލޯކަލް ކައުންސިލް އންތިހާބުގެ ކެމްޕެއިން ޕޯސްތަރު ހަރުކުރުމުގެ ހަރަކާތް ކުރިއަށް ދާނީ މާދަމާ ހެނދުނު 09:00 ގައި އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ކަމަށްވެސް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ. 

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 93 ރަށެއްގައި ޖެނުއަރީ 3 ވަނަ ދުވަހު ބާއްވާފައިވާއިރު، 160 އަށް ވުރެ ގިނަ ފޮށި ވަނީ ވޯޓްލާން ބަހައްޓައިފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރިއެވެ. ރަށު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 1067 ފަރާތަކުން ވާދަކުރިއެވެ. ސިޓީ ކައުންސިލްތަކައް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް 108 ފަރާތަކުން ފޯމް ހުށަހަޅާފައިވާއިރު، އަތޮޅު ކައުންސިލަށް 53 ފަރާތަކުން ވާދަކުރިއެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހެ އެވެ. މިއިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް