ads
ރައީސް ނަޝީދު
ދިވެހިރާއްޖެ މިދަނީ ހަލާކުގެ އައްސޭރިއަށް: ރައީސް ނަޝީދު
ދިވެހިންގެ އާއްމު ދިރިއުޅުމަށް ބުރޫ އަރުވާފަދަ ކަންކަން ކުރަމުން އަންނަ ދިވެހިންނަށް ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީއަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށެވެ. 

އަދި ރާއްޖޭގައި ޔޯގާ ހެދުމާއި ކަސްރަތު ކުރުމަކީ، އިސްލާމްދީނާއި ހިލާފުކަމެއް ކަމަށްބުނެ ވާހަކަ ދައްކާނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"މި ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމް ދީނާއި ހިލާފު ކަމެކޭ. މި ބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫ އަރުވާ ފަށައިފިނަމަ، ދެން އަޅުގަނޑުމެން މިދަނީ ސަލާމަތުގެ އައްސޭރިއަކަށެއް ނޫން." ރައީސް ނަޝިދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތައް ބާކީވެ ހަލާކުގެ އައްސޭރިއަށް ގޮސްފައިވާ މަންޒަރު ފެނިފައި ވާކަމަށާއި، ދިވެހި ރާއްޖެ އެ ހާލަތައް ދިއުމަށް އެއްވެސް ފަރާތަކުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. 

ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ދިވެހިން އެދޭ ދިވެހި ރާއްޖެ ރައްޔިތުންނަށް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީއިން މަސައްކަތް ކުރަމުން އަންނާނީ އެގޮތަށް ކަމަށެވެ. 

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް