ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮޓޯ: ސަން
އިންޑިއާ އެމްބެސީ ކައިރިއަށް އެއްވާނެ ކަމަށް ލަތީފް ބުނެފި
މާލޭގައި ހުންނަ އިންޑިއާ އެމްބަސީކައިރިއަށް އެއްވާނޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީޕީއެމްގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. 

އެގޮތުން އިންޑިއާއިން ރާއްޖޭގެ ކަންކަމަށް އަތްގަދަ ކުރަމުން އަންނަކަމަށް ދޭހަވާފަަދަ މޭރުމަކުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީ ކައިރިއަށް އެއްވާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރުމަށް ދޫނުކުރާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މިސަރުކާރު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. 

މީގެ ކުރިންވެސް ޕީޕީއެމުން ބޭއވްި ޖަލްސާއެއްފައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނާނީ ހަތިޔާރު ތޫނުކޮށްގެން ކަމަށެވެ. 

12%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
76%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް