ads
ގާޒީ އިބްރާހީމް މާހިރު
ފެމިލީކޯޓު ހިންގުން ގާޒީ އިބްރާހިމް މާހިރު އާ ހަވާލުކޮށްފި
ފެމިލީކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އިބްރާހިމް މާހިރު އާއި ހަވާލުކޮށްފި އެވެ.

ފެމިލީކޯޓުގެ ހިންގުން މާހިރު އާއި ހަވާލުކޮށްފައިވަނީ، އެކޯޓުގެ އިސްޤާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު އިއްޔެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.  ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޒައިފާ އައްޔަނުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. 

ފެމިލީކޯޓު ވަގުތީގޮތުން ހިންގުން މާހިރުއާ ހަވާލުކުރުމަށް ޖޭއެސްސީން ނިންމާފަވަނީ މިއަދު ބޭއްވުނު އެކޮމިޝަނުގެ 45 ވަނަ ބައްދަލުވުމުގަ އެވެ. 

ފެމިލީ ކޯޓްގެ އިސް ގާޒީގެ މުސާރައަކީ 31,000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,375 ރުފިޔާ ލިބެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް