ads
ރައީސް ޔާމިންގެ ގެކޮޅުގައި ނަގަފައި ހުރި އިންޑިއާ އައުޓް ބެނާ:--
ޕީޕީއެމްގެ ވަކީލުން ހާޒިރުނުވުމުން "އިންޑިއާ އައުޓް" މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލް ކުރުމަށް އިދިކޮޅު ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފި އެވެ.

ރައީސް ސޯލިހު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ނެރުއްވި ގަރާރު ބާތިލް ކުރުމަށް އެދި، އިދިކޮޅު ކޯލިޝަނުން ކޯޓަށް މައްސަލަ ހުށަހެޅީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. 

އެ މައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ މައްސަލަ ކޯޓުން ބޭރުކޮށްލަން ނިންމީ އެ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުން ކަމަށެވެ. ކޯޓަށް ހާޒިރުވާން ވަކީލުންނަށް އެންގުމުންވެސް ކޯޓަށް ވަކީލުން ހާޒިރު ވެފައި ނުވާކަމަށްވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. 

ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވާއިރު، އަދި މިހާތަނަށް މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވެ އެވެ. 

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރާއި ގުޅިގެން ފުލުހުން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅު ކޯލިޝަނުން ނަގާފައި ހުރި "އިންޑިއާ އައުޓް" ބެނާ ތައް ނަގާފަ އެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދަވާ ގެ ކޮޅުގައި ހުރި ބޭނާވެސް ފުލުހުން ވަނީ ނަގާފަ އެވެ. 

ރައީސް ސޯލިހު ނެރުއްވި ގަރާރާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ފަރާތްތަކުން ވަނީ، އެ ގަރާރާއި އެކު ގާނޫނު އަސާސީއިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭކަމަށް ބުނެ، އެ ގަރާރަކީ ގާނޫނު އަސާސީއާއި ހިލާފު ގަރާރެއް ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް