ads
އަމީރުގެ ޖަވާބު ނަޝީދަކަށް ކަމަކުނުދިޔަ، އަލުން ޖަވާބުދާރީވާން އަންގައިފި
ރާއްޖޭގެ މާލީ ހާލަތާ މެދު ކަންބޮޑުވެ، ދައުލަތުގެ ރިޒާވްގައި، ޖުލައި މަސް ނިމޭއިރު ކިހާވަރެއް ހުންނާނެތޯ ސާފުކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ހުށަހެޅުއްވި ސުވާލަށް އަމީރު ދެއްވި ކުރު ޖަވާބުގައި އުނިކަމެއް އުޅޭކަމަށް ވިދާޅުވެ، އެ ޖަވާބު އިސްލާހުކޮށް އަލުން ޖަވާބުދާރީވުމަށް ފިނޭނޭސް މިނިސްޓަރު އިބްރާހިމް އަމީރަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
Advertisement

އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާ ވަރަށް ދަށްވެދާނެ ކަމާއި، ދައުލަތުގެ ރިޒާވް ހުސްވެދާނެ ކަމުގެ ކަންބޮޑުވުން ނަޝީދު ފާޅުކުރައްވާފަ ވަނިކޮށް، ނަޝީދުގެ ކޮއްކޯފުޅު އީވާ ވަނީ، ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި، ކާޑުގެ، ތެލުގެ، އަދި ބޭހުގެ ފައިސާ ހުންނާނެތޯ ސާފުކުރަން ފިނޭންސް މިނިސްޓަރަށް ސުވާލު ހުށަހަޅާފަ އެވެ.  

ލިއުމުން ޖަވާބު ހޯދަން އީވާ ހުށަހެޅި އެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒަވް މެނޭޖްކުރުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އަށް ކަމަށާއި، ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.

އަދި ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސަބުލް ރިޒާވް މިވަގުތު އެމްއެމްއޭއިން ޝާއިއު ނުކުރާ ކަންވެސް އަމީރު ފާހަގަކުރެއްވި އެވެ. 

ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާ އެ މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި، ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭހުގެ އިމްޕޯޓު ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަވް ހުންނާނެ ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭއިން ސާފުކުރުމަށް މިނިސްޓަރު ވަނީ އެދިފައެވެ. މީގެ އިތުރުން ރިޒާވް މެނޭޖުކުރުމަށް ދައުލަތުން ބޭނުންވާ އެއްބާރުލުން އެމްއެމްއޭއަށް އަބަދުވެސް ދެމުންދާނެކަމަށްވެސް އަމީރު ވިދާޅުވި އެވެ. 

މި ޖާވުބު މަޖިލީހުގެ އަމީން އާއްމު އިއްވާ ނިންމަވާލެއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޖަވާބާއި މެދު ހިތްހަމަ ޖެހިވަޑައިނުގަތް، މާލީ ކަންކަމަކީ މާލީ ވަޒީރާއި ހަވާލުވެފަ ނުވާކަމެކޭ އަމީރަށް ވިދާޅުނުވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ޖަވާބުގައި އުނިކަމެއް އެބަވޭ، ވަޒީރަށް ވިދާޅެއް ނުވެވޭނެ މާލީ ކަންކަން އެއީ ވަޒީރަށް ހަވާލުވެފަ ނުވާ ކަމެކޭ. އަޅުގަނޑު ވަޒީރުގެ އަރިހުން އެދެން ސިޓީފުޅު އަލުން އިސްލާހުކުރައްވާ އަލުން މި މަޖިލީހަށް ފޮނުވާދެއްވުމަށް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުން އެދޭ ކޮންމެ މައުލޫމާތެއް ސާފުކޮށްދީ މަޖިލީހުން ބޭނުންވެއްޖެ ހިދެއްގައި މަޖިލީހަށް ޖަވާބުދާރީވުމަކީ މިނިސްޓަރަށް ގާނޫނުން ވާޖިބުކުރާ ކަމެއް ކަމަށާއި، އެހެންކަމުން މަޖިލީހުން ކުރާ ސުވާލުތަކަށް މިނިސްޓަރު ސާފުސީދާކޮށް ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. 

14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް