ads
މުސްލިމުންގެ ގެ ތަކުގައި ހުޅުޖަހާފައި
ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ހިންދޫއެއްގެ ބޯ ކަނޑާލައިފި
ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ބަދުބަސް ބުނި ހިންދޫއެއްގެ ބޯ ކަނޑާލައިފި އެވެ.
Advertisement

އިންޑިއާގެ ހަރުކަށި ފިކުރުގެ ހިންދޫއެއް ކަމަށްވާ، ކަނައްޔާ ލާލް ކިޔާ މިމީހާގެ ބޯ ކަނޑާލީ، ރާޖަސްތާނުގައި ހުރި އެމީހާގެ ގެ ކައިރީގަ އެވެ. އޭނާ ވަނީ މީގެ ކުރިން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ދެ މެމްބަރަކު ކީރިތި ރަސޫލާ ﷺ އަށް ބަދުބަސްބުނެ ފުރައްސާރަ ކުރި ކުރުމަށް ތާއީދު ކޮށް، އޭގެ ފަހުން ކީރިތި ރަސޫލާ ﷺ އަށް އެކިފަހަރު މަތިން ފުރައްސާރަ ކޮށްފައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އޭނާގެ ބޯ ބުރިކޮށްލީ، އެ އަވަށުގައި އުޅޭ މުސްލިމުންގެ ތެރެއިން ދެ މީހެއް ކަމަށާއި، އެކަމާއި ގުޅިގެން އެ އަވަށުގައި މުސްލިމުންނާއި ދެކޮޅަށް ހިންދޫއިން ދެމުން އަންނަ ހަރުކަށި އަދަބުތައް އިތުރު ވެފައިވާކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި މުސްލިމުން ދިރިއުޅެމުން އަންނަ ގެ ތަކާއި މުސްލިމުންގެ ވިޔަފާރިތަކުގައި ހިންދޫއިން ހުޅުޖަހަމުން އަންނަ ކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އެ ހިންދޫ މީހާގެ ބޯ ބުރުކޮށްލާ އޭނާ މަރާލާ މަންޒަރު ވަނީ ވީޑިއޯ ކޮށް ސޯޝަލް މީޑިއާގައި އާއްމު ކޮށްފަ އެވެ. އަދި އެކަން އެމީހުން ކުރީ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ އެއްވެސް އިންސާނަކަށް ލިބިދީފައިވާ ހައްގެއް ނޫން ކަމަށް ބުނެ އެވެ. 

މި މައްސަލަ އާއި ގުޅިގެން އެ ދެ މީހުން ހައްޔަރު ކޮށްފައި ވާއިރު، އެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް އެގައުމުގެ މައި ސަރުކާރުން ވަނީ އަންގާފަ އެވެ. 

ހިންދޫ މީހާގެ މަރާއި ގުޅިގެން އެ އަވަށުގައި ހިނގަމުން އަންނަ ހަމަނުޖެހުން ތަކާއި ގުޅިގެން އަވަށުގެ އަމާން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ސިފައިންނާއި ފުލުހުންނާއި ހިންދޫއިން އެކުވެގެން އެ އަވަށުގެ މުސްލުމުންނަށް އަނިޔާ ކުރަމުން އަންނަ ކަމަށާއި، އެކަން ފޮރުވުމަށް އެ ހިސާބުން އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައި ވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް