މެކްސިކޯގެ އަވަށެއްގައި ހިނގި މިހާދިސާގެ ރިޕޯޓް އެގައުމުގެ ނޫސްތަކުގައި މިހާރު ކޮށްފައި ވާއިރު، މި ދެމީހުންނަށް އެއްމާބަނޑު ދެ ކުދިން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ލިބިފަ އެވެ.
މި ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެ މީހުންކަން އެނގުނީ، އަންހެން މީހާގެ ކުޑައިރުގެ ފޮޓޯއެއް ފިރިހެން މީހާގެ މަންމަ އަށް ފެނުނު ހިސާބުން އެމީހުންގެ ގެއްލުނު ދަރިއަކާއި ވައްތަރުވުމުންނެވެ.
އެހެން ނަމަވެސް އެ އަންހެން މީހާގެ ދަރިފުޅު އުމުރުން ހަތަރު އަހަރުގައި ގެއްލުނީ ކިހިނެއް ކަމެއް އަންހެން މީހާ ބުނެފައިިނުވެ އެވެ.
މި ކަން އެ ދެމީހުންނަށް އެނގުމުން އެމީހުން ވަނީ ކައިވެނި ނިމުމަކަށް ގެނެސްފަ އެވެ. އެހެން ނަމަވެސް އެ ދެމީހުންނަށް ލިބުނު ދަރިން އެކުގައި ބަލާ ބޮޑުކުރާނެ ކަމަށާއި، ދަރިންނަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭނެ ކަމަށް އެ ދެމީހުން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;