ads
ވ. ރަކީދޫ / ޖަންބުގެ، ފަރީދާ އަބްދުއްރަހްމާން
1.5ކިލޯގެ ޑްރަގާއެކު ހައްުޔަރުކުރި ފަރީދާ ބުނީ އުޅުނީ އާސަންދަ ހޯދައިދޭން ކަމަށް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާ އުޅުނީ، މީހަކަށް އާސަންދަ ހޯދައިދިނުމުގައި އެހީތެރިވެދޭން ކަމަށް އޭނާ ކޯޓުގައި ބުނެފިއެވެ.
Advertisement

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އެ  އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުހައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުހައްމަދު ތިބާގި (39އ) އާއި ވ. ރަކީދޫ / ޖަންބުގެ، ފަރީދާ އަބްދުއްރަހްމާން (35އ) އެވެ. މި ތިން މީހުންވެސް ތިބީ ބަންދުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ފަރީދާގެ އެންމެ ފަހު ބަންދު މަޖިލީހުގައި އޭނާ ބުނީ، މަސްތުވާތަކެތި ފެނުނު ތަނަށް އޭނާ ދިޔައީ، އާސަންދައިން ފަރުވާ ހޯދައިދިނުމަށް އެގޭގައި އުޅޭ މީހަކަށް އެހީތެރިވެދިނުމަށް ކަމަށެވެ. އެކަމަކު ބަންދު އަމުރުން އެނގޭ ގޮތުގައި ފަރީދާވަނީ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެސް ވެފައެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ބައެއް ސާމާނުވެސް އެ ތަނުން ފެނުނު ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް މާފަންނު ގެ އެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ.  ފުލުހުން ބުނެފައިވާ ގޮތުގައި އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

45%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް