ads
ހުކުރު ފަށަން އުޅެނިކޮށް މީހަކު ސަލްމާން މިސްކިތު މިންބަރަށް އަރާ އަޑުގަދަކޮށްފި
ސަލްމާން މިސްކިތުގައި ހުކުރު ފަށަން އުޅެނިކޮށް އައެސް ޖަމާއަތުގެ ލޯގޯޖެހި ޖުއްބާއެއް ލައިގެންހުރި މީހަކު މިމްބަރަށް އަރާ އަޑުގަދަކޮށްފި އެވެ.

މިކަން ހިނގާފައިވަނީ ސަލްމާން މިސްކިތުގައި ހުކުުރު ފަަށަން ފަސް މިނެޓަށް ވެފައިވަނިކޮށް ކަމަށް ވެއެވެ. އެވަގުތު ހުކުރުކުރުމަށް އެތައް ބަަޔަކު ސަފުހަދާފައިވާ އެ މިސްކިތުގައި ހުރި މީހަކު ބުނިގޮތުން އޭނާ މިމްބަރަށް އަރާ އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކަނޑަން ފެށުމުން ފުލުހުންނާއި ސިފައިން ވަނީ އޭނާ އެތަނުން ބޭރުކޮށްފަ އެވެ. 

އެކަމާއި ގުޅޭގޮތުން ފުލުހުން ދާދި ދެންމެއަކު ބުނީ އެމައުލޫމާތު ލިބުނީ 12:24 ހާއިރު ކަމަށާއި، އެމައްސަލައާއި ގުޅިގެން 43 އަަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

އޭނާ ހުރީ އައިއެސް ޖަމާއަތުގެ ލޯގޯޖެހި ކަޅުކުލައިގެ ޖުއްބާއެއް ލައިގެން ނެވެ. ފޮޓޯތަކުން ފެންނަގޮތުން މިމްބަރުން އޭނާ ބޭޭލުމަށް، އިތުރު މީހަކު މިމްބަރަށް އަރާ ވާހަކަދައްކާތަން ވެސް ފެނެ އެވެ.

your image

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިންބަރަށް ކޮޅަށް އެރުމަށްފަހު، ފާތިހާ ސޫރަތް ކިޔަވަން ފެށިއެވެ. އެއަށްފަހު ހަޅޭލަވާ އަޑުގަދަކުރަން ފެށިއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް