ads
ދަތުރުވެރިން ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އަންގައިފި
ދުތުރުވެރިން ފުރުމުގެ ތިން ގަޑިއިރުކުރިން އެއާޕޯޓުގައި ތިބުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، ޗުއްޓީއާއި ގުޅިގެން އެކި ތަންތަނަށް ދަތުރުުކުރާ މީހުން ގިނަވެ، އެއާޕޯޓަށް ބާރުބޮޑުވަމުންދާތީ އެވެ. 

އެމްއޭސީއެލްއިން ބުނީ، ކިއޫގައި ގިނައިރު ތިބެންޖެހެމާއި، ދަތުރުކުރުމުގައި ދިމާވާ ލަސްތަކުން ސަލާމަތްވުމަށް ފުރުމުގެ ތިންގަޑިއިރު ކުރިން އެއާޕޯޓުގައި ތިބުމުގެ އިތުރުން، އެއާޕޯޓަށް އަންނައިރު އަބަދުވެސް މާސްކު އަޅައިގެން އައުމަށް އިލްތިމާސްކުރާ ކަމަށެވެ. 

އިއްޔެ ސްކޫލުތައް ބަންދުވެ، ސްކޫލު ޗުއްޓީތައް ވަނީ ފެށިފަ އެވެ. އަދި ހައްޖަށްފަހު މިމަހު ބޮޑު އީދު ޗުއްޓީވެސް ފެށިގެންދާނެ އެވެ. މީގެއިތުރުން މިނިވަން ދުވަހާ ގުޅިގެން ވެސް ބޮޑު ޗުއްޓީއެއް ލިބެ އެވެ. 

މި ލިބުނު ބޮޑު ޗުއްޓީއާއި ގުޅިގެން މާލެއިން ވެސް އަދި އަތޮޅުތެރެއިންވެސް ދަތުރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން އެއާޕޯޓަށް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވާން ފަށާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް