ads
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ކަނޑާލައިފައި ކަމަށް ބުނެ ދައުރުވާ ފޮޓޯ.-- ފޮޓޯ: ހުވަދޫ ނިއުސް
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފި
ގދ. ހޯޑެއްދޫ އާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފި އެވެ.
Advertisement

މިއީ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލި ތިންވަނަ ފަހަރު އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައިވެސް އެ ކޯޒްވޭ ވަނީ ބަޔަކު ކަނޑާލާފަ އެވެ. 

މިއަދު އަނެއްކާވެސް އެ ކޯޒްވޭ ކަނޑާލާފައިވާ ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. މިކަމާއި ގުޅޭގޮތުން މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބޭ ކަމަށާއި، މިފަހަރު އެ ކޯޒްވޭ ކަނޑާލާފަވަނީ އުދައެރުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމަށް ހޯޑެއްދޫ ކޮޅުން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

"އަޅުގަނޑެއްވެސް އަދި އެ ސަރަހައްދަކަށް ނުދަން މިއަދު. އެކަމަކު އެކޮޅުން ކަނޑާލިކަމަށް ވަނީ އެއީ އުދައެރުން ހުއްޓުވުމަށް ކަމަށް ވެދާނެ،" ފިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ހޯޑެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް ސީއެންއެމްއަށް ވިދާޅުވީ، އެފަދަ މައުލޫމާތެއް ނުލިބޭ ކަމަށާއި، ކަނޑާލައިގެން އުޅޭކަމެއްވެސް ނޭނގޭ ކަމަށެވެ. އަދި ދައުރުވަނީ ކުރީގެ ފޮޓޯތަކަކަށް ވެދާނެ ކަމަށް ވިިދާޅުވި އެވެ. ނަމަވެސް އެ މައުލޫމާތެއް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އަދި ނުލިބޭ ތި ކަހަލަ މައުލޫމާތެއް، އެކަހަލަ ފޮޓޯއެއްވެސް އަދި ނުދެކެން،" ވާރިޝް ވިދާޅުވި އެވެ.

އިއްޔެ އެރި އުދާގައި މަޑަވެއްޔާއި ހޯޑެއްދޫއަށްވެސް ވަނީ ވަަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން މަޑަވެލީގެ 98 އިންސައްތަ އަށް އުދައިގެ އަސަރުކޮށް، ގެއްލުންވެފަވާއިރު، ހޯޑެއްދޫގެ 60 އިންސައްތަ އަށް ވަނީ އުދައިގެ އަސަރުކޮށް ގެއްލުންވެފަ އެވެ. އެދެ ރަށުން މިއަދުވެސް ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުން ނެވެ.  

ހޯޑެއްދޫއާއި މަޑަވެލި ރައީސް ޔާމީނުގެ ސަރުކާރުގައި ކޯޒަވޭ އަކުން ގުޅާލި އެވެ. އެހެންނަމަވެސް އެމަސައްކަތް ކޮށްފައިވަނި އީޕީއޭއިން ލަފާދީފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ މިސަރުކާރުން ނިންމާފައިވަނީ އެމަސައްކަތް އަލުން ކުރުމަށެވެ.  

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް