ads
ބާޖު އޮޔާ ދަމުންދާ ސަރަހައްދު
މާލެއިން ފުރައިގެން އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ބާޖެއް އޮޔާދަނީ
މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުންދަނިކޮށް ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ.މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވައިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.

މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެކެވެ. މި ބާޖުގެ ސްޓަބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެ އެވެ. މި ބާޖު އޮޔާ ދަނީ އެ ސަރަހައްދުން އިރަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އެކަމަށް ސަމާލުކަމެއް ދިނުމަށް ކޯސްޓުގާޑުން އިލްތިމާސްކުރެ އެވެ.

މި ބާޖާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބައްލަވައިދިނުމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަނީ އެދިފަ އެވެ.

އަދި މި ބާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލުމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް