ads
ދެވަނަ ޑިވިޝަން ފައިނަލްގެ ފަހު ޖާގަ ވެލެންސިޔާއަށް
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފަހު މެޗު ކާމިޔާބުކޮށް، ފައިނަލްގެ ފަހު ޖާގަ ކްލަބު ވެލެންސިޔާއިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ވެލެންސިޔާ ދިޔައީ ރޭ ތިން ލަނޑު ދެ ލަނޑުން ޖޭޖޭ ސްޕޯޓްސް ބަލިކޮށްގެނެވެ. ފައިނަލްގައި ވެލެންސިޔާ ނުކުންނާނީ ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.

ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލް ކުޅުމަށް ފަހު، ފައިނަލަށް ދެ ޓީމު ހޮވިފައިވާއިރު، މި މުބާރާތުގެ ފައިނަލުން މޮޅުވާ ޓީމަކަށް އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެއެވެ. ފައިނަލުން ބަލިވާ ޓީމެއް ޖެހޭނީ ދިވެހި ލީގުން ފުލަށްދާ ޓީމަކާއި އެކު ޕްލޭ އޮފް ދެ މެޗު ކުޅޭށެވެ. މި ދެ ލެގުގެ އެގްރިގޭޓުން މޮޅުވާ ޓީމުވެސް އަންނަ ސީޒަންގައި ކުޅޭނީ އެއްވަނަ ޑިވިޝަންގައެވެ.

ދިވެހި ލީގުގެ ފަހު ބުރު، މުބާރާތުގެ ގަވާއިދުގައި އޮތް ގޮތާއި ޚިލާފަށް އެފްއޭއެމުން ބަދަލުކޮށްފައިވާތީ ދިވެހި ލީގުގެ ފުލަށް ދިޔަ ޓީމުގެ ގޮތުގައި ޕްލޭ އޮފް ކުޅޭނީ ކޮން ބައެއްކަމެއް ސާފެއް ނޫނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް