ads
އެމްޓީސީސީ ބަހާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓް.. ފޮޓޯ އެމްވީ ކްރައިސިސް
އެމްޓީސީސީ ބަހަކާއި ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓން ކޮމްޕެނީ (އެމްޓިސީސީ) ގެ ބަހަކާއި ކާރަކާއި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
Advertisement

މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭ ކުޅިވަރު އެކުވެނި ދަނޑު ހިމެނޭ ސަރަހައްދުގަ އެވެ. 

މި އެކްސިޑެންޓުގައި ކާރުގައި ތިބި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުން ކަމަށް މައުލޫމާތު ލިބެ އެވެ. 

އެކްސިޑެންޓު ހިނގަން މެދުވެރިވީ ކާރު ދުއްވަން އިން މީހާ އޯވާޓޭކު ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެސަހައްދުގައި ހުރި މީހަކު ބުންޏެވެ. 

މި ކަމާއި ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިއރުއޮއްސި 18:09 ހާއިރު ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓުގައި އެމްޓީސީސީގެ ބަހަށް ވަނީ ވަރަށް ބޮޑަށް ގެންލުންވެ ހަލާކުވެފަ އެވެ. 

އެހެންނަމަވެސް ފަހުން ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ މަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް