ads
ސައުދީ އަރަބިއްޔާ
ތަކެތީގެ އަގު ބޮޑުވުމުން، ރައްޔިތުންނަށް އެހީވުމަށް 5.32 ބިލިއަން ޑޮލަރު ބަހަނީ
ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން ތަކެތީގެ އަގުތައް އުފުލެން ފެށުމާއި އެކު ރައްޔިތުންނަށް އެހީވުމުގެ ގޮތުން 5.32 ބިލިއަން ޑޮލަރު ބަހަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ނިންމަވައިފި އެވެ.

ރަސްގެފާނު ސަލްމާން މިގޮތަށް ނިންމަވާފައި މިވަނީ، އެގައުމުގެ ރައްޔިތުން މި ދަނޑިވަޅުގައި އިގްތިސާދީ ކާރިސާއެއްގެ ސަބަބުން ދިމާވެދާނެ ކާރިސާއަކުން ސަލާމަތްވެ ތިބުމަށް އެހީތެރިވެދިނުމުގެ ބޭނުމުގައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އެގައުމުގެ ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ބަހަން ނިންމާފައިވާ މި ފައިސާގެ ތެރެއިން ދެބައިކުޅަ އެއްބާ ބޭނުން ކުރަން ހަމަޖެހިފައިވަނީ، އެގައުމުގެ ސޯޝަލް އިންޝުއަރެންސްގެ ދަށުން އެހީތެރިކަން ލިބެމުން އަންނަ ފަރާތްތަކުގެ އިތުރުން ސިޓިޒަން އެކައުންޓު ޕްރޮގްރާމަށް ކަމަށްވެސް އެގައުމުގެ ކައުންސިލް އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް އިން ވަނީ ބުނެފަ އެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ސައުދީގެ ކައުންސިލް އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އިގްތިސާދީ ކާރިސާގެ ސަބަބުން އެންމެ ބޮޑަށް ބޭނުންވާ އަސާސީ ތަކެތީގެ އަގުތައްވެސް އުފުލެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

އަގުތައް އުފުލެން ފެށުމުން އެގައުމުގެ އެންމެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ފުރިހަމައަށް އެހީތެރިކަން ދެއްވާނެ ކަމަށްވެސް އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަލީއަހުދު ވިދާޅުވި އެވެ. 

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް