ads
ޓެކްސީތަކެއް…
މިނިސްޓްރީން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކޮށްފި
ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސަރަހައްދުގައި ދުއްވާ ޓެކްސީ ތަކުގެ އަގު ބޮޑުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ތަކުގެ އަގަށް ބަދަލު ގެނެސްފައި ވާއިރު، އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ދަތުރުކުރާ ޓެކްސީ ތަކުން ނަގާ އަގު ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. 

އަގުތަކަށް ގެނެސްފައިވާ ބަދަލުތައް 

1- މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު 30ރ

2- މާލެ އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ އަށް 85ރ

3- މާލެ އިން ހުޅުމާލެ ވިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 100ރ

4- މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް 70ރ

5- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް 80ރ

6- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް 85ރ

7- ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި2 އަށް 40ރ

މިނިސްޓްރީން ޓެކްސީ ތަކުގެ އަގު ބޮޑުކޮށްފައި ވަނީ، ޓެކްސީ ޑްރައިވަރުން ދަތުރުކުރާ އަގު ބޮޑު ކުރަން ނިންމާފައި ވަނިކޮށެވެ. 

މިނިސްޓްރީން ޓެކްސީ ތަކުގެ އަގަށް ބަދަލު ގެނެސްފައި ވާއިރު، ޓެކްސީ ތަކުން މިހާރުވެސް ދަތުރުތައް ކުރަމުން އަންނަނީ އަންގާފައިވާ އަގަށްވުރެ ބޮޑު ކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް