ހަބަރު /
ހުމާއި ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭ އިން އެދިފި
ރިޟްވާން މޫސާ
06 ޖުލައި 2022 - 16:03:59
މި ދުވަސްވަރުގައި ހުމާއި ރޯގާ ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ މިކަމުގައި ސަމާލުވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރެފައިވާ ވޭތުދިޔަ ދެ މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަލި ފެތުރިފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.
އެގޮތުން ވޭތުވެދިޔަ މޭ މަހު 185 މީހަކަށް ޑެންގީ ހުން ޖެހިފައިވާ އިރު ޖޫން މަހުގައި ވަނީ 294 މީހަކަށް ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދާފަ އެވެ.
އަރިދަފުސް ރޯގާ ޖެހިގެން މޭ މަހުގައި 13361 މީހަކު ފަރުވާ ހޯދާފައިވާއިރު ޖޫން މަހުގައި ވަނީ 21802 އަށް އަރާފަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުން ފަދަ ބަލިތަކުން މޭ މަހުގައި ވަނީ 1824 މީހަކަށް ފަރުވާދީފަ އެވެ. އަދި ޖޫން މަހުގައި ވަނީ 2376 މީހަކަށް ފަރުވާދީފަ އެވެ.
ހުމާއި ރޯގާ އިތުވާން ފަށާފައިވާ ކަމުގެ އއަލާމާތެއް ގިނަ ކަން ފާހަގަ ކުރެވޭއިރު ކޮވިޑް ބަލިވެސް ވަނީ އިތުރުވާން ފަށާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް