ads
ގާނޫނީ ވަކީލު ނާޒިމް ސައްތާރު..
ނާޒިމް ސައްތާރުގެ ވަކީލުކަމުގެ ހުއްދަ ހިފަހައްޓަން ބާ ކައުންސިލްގައި އެދިފި
ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބުދުއް ސައްތާރުގެ ވަކީލުކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިދިނުމަށް އެދި ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ލީކުވެ، އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. 

މި މައްސަލަ އާއި ގުޅިގެން މައްސަލަ ތަހުގީގުކުރަމުންދާތީ ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅައި އޭނާގެ މައުސޫމުކަން ސާބިތުވަންދެން ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައިދިނުމަށް ވަނީ އެދިފަ އެވެ. 

ވަކީލުންގެ ސުލޫކީ މައްސަތައް ބަލާ ބާ ކައުންސިލަށް މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަޙުމަދު ޠާލިބެވެ. 

ބާ ކައުންސިލަށް ފޮނުވި ސިޓީގައި ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަތަކެއް ފުލުހުން ބަލަމުންދާތީ އާއި މުޖުތަމައު ތެރޭގައި އޭނާއާ ގުޅިގެން ދައްކަމުންދާ ވާހަކަތަކާއި ދައުރުވަމުންދާ ވީޑިއޯތަކުގެ ސަބަބުން ވަކީލުންނާމެދު މީހުން ދެކޭ ގޮތް ބަދަލުވެ، ވަކީލުންނަށް މީހުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް ބުނެފައިވެ އެވެ. 

ނާޒިމް ސައްތާރު ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއެކު ބަރަހަނާ ވެގެން އެއްޖިންސުން ގުޅުން ހިނގާ ކަމަށް ބުނާ ވީޑިއޯ މީސް މީޑިޔާގައި ދައުރުވާން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގަ އެވެ. 

މި ވީޑިއޯ އާންމުވުމާއި ގުޅިގެން މީސް މީޑިޔާ ގައި އޭނާއާ ދެކޮޅަށް ނުރުހުން ފާޅުކޮށް މިއަމަލު ކުއްވެރިކޮށް އެތަކެެއް ހާސް ބަޔަކު ވަނީ މީސް މީޑިޔާގެ އެކިއެކި ޕްލެޓް ފޯމްތަކުގައި ނާޒިމަށް ނުރުހުމުގެ ބަސްތައް ރައްދުކޮށްފަ އެވެ. 

މިމައްސަލަތަކާއި ގުޅިގެން ފުލުހުން ވަނީ ނާޒިމާއި، އަލަމްގިރި ގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުންވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ދަނީ މިމައްސަލަތައް ތަހުގީގު ކުރަމުންނެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް