ads
ސިންގަޕޫރުގެ އެއާޕޯޓެއް
ދިރުވައިލައިގެން ރަން އެތެރެކުރަން އުޅުނު މީހަކު 12 އަހަރަށް ޖަލަށް
ދިރުވާލައިގެން ސިންގަޕޫރަށް 1.25 ކިލޯގެ ރަން އެތެރެ ކުރަން އުޅުނު އަންހެނަކު 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

އުމުރުން 28 އަހަރުގެ އަމާރިކީ ގަޓްސީވާ ނަމަކަށް ކިޔާ މި އަންހެން މީހާ އަކީ، ބްރެޒިލް އަށް އުފަން މީހެއް ކަމަށް ސިންގަޕޫރުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އޭނާގެ ހަށިގަނޑުގައި ރަން ހުރިކަން އެނގުނީ، އޭނާ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެގައުމަށް އެތެރެވިއިރު އޭނާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން އެގައުމުގެ އިމިގްރޭޝަންގެ އޮފިސަރުންނަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވާ އޭނާ އާއި ސުވާލު ކުރުމުން ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. 

ސިންގަޕޫރަށް ރަން އެތެރެ ކުރާނަމަ ޓެކްސް ދައްކަން އެގައުމުގެ ގާނޫނުގައި ލާޒިމް ކޮށްފައި ވާއިރު، މި އަންހެން މީހާ މަސައްކަތް ކުރީ ޓެކްސް ނުދައްކާ ރަން އެތެރެ ކުރަން ކަމަށް އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

އޭނާގެ މައްޗަށް ހުކުމް ކުރުމަށް އިއްޔެ ބޭއްވި ކޯޓު އަޑުއެހުމުގައި ހުކުމް އިއްވަމުން ފަނޑިޔާރު ބުނީ، އަންހެން މީހާ މަސައްކަތް ކުރީ ސިންގަޕޫރުގެ ގާނޫނުތައް ފުނޑާލުމަށް ކަމަށެވެ. އަދި އެގައުމަށް އެތެރެވާ ތަކެތީގެ ތެރެއިން ޓެކްސް ދައްކަން ޖެހޭ އެއްޗަކަށް ޓެކްސް ނުދައްކާފިނަމަ ގާނޫނުގައިވާ ފިޔަވަޅު އެމީހަކަށް އަޅަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

އަދި އަންހެން މީހާ މަސައްކަތް ކުރީ ކަމެއް އޮޅުވާލަން ކަމަށާއި، އެއީވެސް ސިންގަޕޫރުގެ ގާނޫނުތަކާއި ހިލާފުކަމެއް ކަމުން 12 އަހަރަށް އަންހެން މީހާ ޖަލަށް ލުމަށް ހުކުމް ކުރާކަމަށް ކޯޓުންވަނީ ބުނެފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް