ads
"މި ސަރުކާރު ގެނައި އެއްވެސް ޕާޓީއަކާއެކު ޕީޕީއެމް އިން 2023ގައި ބައިއަތު ނުހިފާނެ"
އެމްޑީޕީގެ ސަރުކާރު ގެނައުމުގައި އެހީތެރިވެ ބައިވެެރިވެފައިވާ އެއްވެސް ޕާޓީއަކާ އެކު ޕީޕީއެމްއިން 2023ވަނަ އަހަރުގެ އިންތިހާބުގައި ކޯލިޝަން ނަހާދެނެ ކަމުގެ ޔަގީކަން ޕީޕީއެމް ކޯލިޝަނުން ދީފި އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ 2023ގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އެމަނިކުފާނަށް ވާދަނުކުރެވޭ ހިސާބެއްގައި ވެސް ދެން ކަންތައް ކުރަންވާ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ކަމަށް ބުންޏެވެ.

ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވީ، އެ ހާލަތުގައިވެސް އަދި ޔާމީން އާ އެކު ވާދަކުރާ ނަމަވެސް، މިހާރު މިއޮތް ސަރުކާރު ގެނައުމަށް އެހީތެރިވި އެއްވެސް ޕާޓީއަކާ އެކު ބައިތު ނުހިފާނެ ކަމަށެވެ.

އަދި ރައީސް ޔާމީން އާއި ގުޅުވައި އަބުރު ކަތިލާ، ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ރައީސް ޔާމީން ޖަލަށް ލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަން ފާހަގަ ކުރައްވާ އަދުރޭ ވިދާޅުވީ، ގާސިމް ހީފުޅުކުރައްވަނީ ރައީސް ޔާމީން ޖަލަށް ގޮސްފިނަމަ 2023ގައި ޕީޕީއެމް އިން ޖޭޕީ އާ އެކު ކޯލިޝަން ހަދާ ގާސިމަށް ޓިކެޓު ދޭނެ ކަމަށް ކަމަށެވެ.

“ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓިއަކުން ވެސް އަދި ލީޑަރަކު ވެސް އެމީހުންގެ ފަހަތަށް ޕީޕީއެމް ޕީއެންސީ އިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް އެކޯލިޝަން ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ ދެކޭ ހުވަފެނެއް، އެކަމެއް މިކޯލިޝަނުން ނުކުރާނެ'" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އިންޑިއާގެ ނުފޫޒުގައި ޖެހި ރާއްޖޭގެ މިނިވަންކަން ނާގާލި އެއްވެސް "ޚާއިނެއްގެ" ފަހަތަށް ޕީޕީއެމް އިން ނާރާނެ ކަމަށާއި، ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވެސް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް