ads
ރައީސް ސޯލިހު އަދި ގާސިމް އިބްރާހިމް
ގާސިމް އަށް ބޮޑެތި ތުހުމަތުތަކެއް!
ރައީސް ޔާމީންގެ އަގުވައްޓާލާ، ޕީޕީއެމްގެ މެމްބަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޕީޕީއެމް އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ޕީޕީއެމް އިން މީގެކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފަށަމުން، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، އެ ބައްދަލުވުން ބޭއްވީ ރައީސް ޔާމީނަށާއި ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްތަކުގައި ޕާޓީއާއިމެދު ނަފްރަތާއި ނުތަނަވަސްކަން އުފައްދާ އެމަނިކުފާނުގެ ނަންފުޅު ކިލަބުކުރަން ބަޔަކު މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އެމަސައްކަތް އެންމެ ބާރަށް ކުރައްވަމުން ގެންދަވަނީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ތުހުމަތު ކުރެއްވި އެވެ. އެގޮތުން، މީޑިއާތަކަށް ހަރަދުކޮށްގެން ޕީޕީއެމްގެ ނަން ކިލަބުކުރަން ގާސިމް އާޓިކަލް ޖައްސަވާ ކަމުގެ ތުހުމަތު އަދުރޭ ކުރެއްވި އެވެ.

އަދުރޭ ވިދާޅުވީ ގާސިމް އެކަން އެގޮތަށް ކުރައްވަނީ، ވެރިކަމުގެ ބޭނުމުގައި ކަމަށެވެ.

“ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގަ ވާދަނުކުރެވޭނެ ހުރިހާ ގޮތަކަށް، ސަރުކާރާއި ސަރުކާރަށް ވާދަކުރައްވާ ފަރާތްތަކުން ހާއްސަގޮތެއްގަ މީގަ އެންމެ އިސްކޮށް މިމަސައްކަތްކުރައްވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ގާސިމް އަށް ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނަށް ދިވެހިރާއްޖޭގެ ވެރިކަމަށް އާދެވެން އޮތް ހަމައެކަނި ފޯމިއުލާއަކީ ރައީސް ޔާމީން ޖަލަށް ލާފަ ޕީޕީއެމްގެ ތާއީދު ލިބުން،” އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ޔާމީން މީގެ ކުރިން ޖަލަށް ލެވުމުން ޕާޓީ ދޫކޮށްދިޔަ ގިނަ މީހުންގެވެސް ވިސްނުން ހުރި ގޮތަކީ އެއީ ކަމަށެވެ.

އަދުރޭ ވިދާޅުވިގޮތުން:

  • “ރައީސް ޔާމީން ޖަލަށް، ގާސިމް ވެރިކަމަށް ވަޑައިގަންނަވަން ހުޅުވޭ ދޮރެއް”މި ނަމުގައި އަވަސް ނޫހުގައި ލިޔެފައި ވާ، އާޓިކަލްއަކީ ޤާސިމުގެ ސްޕޮންސާޑް އާޓިކަލް އެއް

• ރައީސް ޔާމީން ޖަލަށް ލުމަށް ވަރަށް ބޮޑަށް ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދޭ

• އެންމެ ފުރަތަމަ ރައީސް ޔާމީން ޖަލަށް ލުމުގައިވެސް ޤާސިމްގެ އަތެއް ވޭ

• ކޯޓު ތަކަށް ކަޅު ފައިސާ އަޅާ ނުފޫޒު ފޯރުވާފައިވާކަން އެނގޭ

• ރައީސް ޔާމީން ޖަލަށް ލުމަށް ޙައްޤު ނޫން ގޮތުގައި މިހާރުވެސް ޤާސިމް އާއި އަދި ވާދަވެރި ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުން

• އެންމެ ފަހުން އޮތް ޢާންމު އިންތިހާބުގަ ޤާސިމް މިޕާޓީއަށް ލަނޑުދިން ގޮތް މިޕާޓިން ހަނދާނެއް ނުނެތޭ

ނަމަވެސް އެއީ ބޭކާރު މަސައްކަތެއްކަން ފާހަގަކުރައްވާ އަދުރޭ ވަނީ 2023 ގައި ރައީސް ޔާމީން ވާދަކުރައްވާނެކަމާއި، 2023 ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަންވެސް އަރުވާފަ އެވެ. އަދި އެމަސައްކަތުގައި ސަރުކާރާއި ގުޅިފަވާ އެއްވެސް ޕާޓީއަކާއިއެކު ބައިތުނުހިފާނެ ކަމުގެ ޔަގީންކަންވެސް އަދުރޭ ދެއްވި އެވެ.

9%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް