ads
ސައުދީ އުޑުމަތިން ދޫންޏެއް މަތީ ކުޑަކުއްޖަކު ދަތުރުކުރާ މަންޒަރު
މި މަންޒަރު ފެނިފަވަނީ، ސައުދީ އަރަބިޔާގެ ހިސްޓޯރިކަލް ސިޓީއެއްކަމަށްވާ، ތާރިކްއަށް ދިޔަ ސައުދީއަށް ނިސްބަތްވާ، އަބްދުލްކަރީމް އަލްމާޖިދް ކިޔާ މީހަކަށެވެ.

އޭނާއާއި ހަވާލާދީ ސައުދީ ހަބަރުތައް ރިޕޯޓުކޮށްފަވާ ގޮތުން އޭނާއަށް އެމަންޒަރު ފެންނަނީ، ތާރިކްއަށް ވެކޭޝަން ދަތުރެއްގަ އޭނާގެ ކާރުގައި އެސިޓީގެ ގާސިމް މަގުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު އެވެ.

އެމަންޒަރު ވީޑިއޯކޮށް އޭނާ ފޮޓޯނަގަން ކާރު މަޑުކޮށް އެމަންޒަރު ނެގީ އެފަދަ މަންޒަރަކީ ދެވަނަ ފަހަރަށް ފެނުން ނާދިރު މަންޒަރަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

އާއްމުކޮށް ސޯޝަލް މީޑިއާގައި ފޯޓޯ ހިއްސާނުކުރާ އަބްދުލްކަރީމް އެ ފޮޓޯ އާއި ވީޑިއޯ ރަށްޓެހިން ކިޔާވަރުން ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއިއެކު ވަނީ ވައިރަލް ވެފަ އެވެ. 

your image

ބައެއް މީހުން އެއީ ފޮޓޯޝޮޕެއްް ކަމަށް ބުނާއިރު، އަނެއްބަޔަކު ބުނަނީ އެއީ ހަގީގަތުގަވެސް ގުދުރަތީ އައިޖައިބު މަންޒަރެއް ކަމަށް ވެދާނެ ކަމަށެވެ.

އިރުއޮއްސެމުންދިޔަ ގަޑީ އިރުގެ ކައިރިން ފެންނަ އެމަންޒަރުން ފެންނަނީ އުޑުމަތީގައި ވާ ވިލާތަކުން ދޫންޏެއްމަތީ ކުޑަކުއްޖަކު އިށީދެލާގެން އިންނަ މަންޒަރު ސިފަވާ ތަނެެވެ.

76%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް