މި ދެބޭފުޅުން ބައްދަލުވުން ބާއްވާފަވަނީ، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިނާއަށް ކުރެއްވި ޒިޔާރަތުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސައުދީގެ ގުޅުން ހާއްސަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ސައޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސައޫދީ އަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުންގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.