
ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ ޖައްވާއިއެކު މުޅި އެ ސަރަހައްދު ފެހި ކުލައަށް ބަދަލުވެފަވާތަނެވެ. ބައެއް މީހުން މި މަންޒަރުތައް ސިފަކޮށްފަވަނީ ބިރުވެރި ފިލުމެއްގެ ސީންއެއްގެ ގޮތުގަ އެވެ.
މިކަން މިހެންދިމާވީ ކީއްވެކަން ދެނެގަނެވިފަ ނުވެއެވެ. ނަމަވެސް މީގެ ކުރިންވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި އުޑުމަތި މިގޮތަށް ފެހިކުލައަށް ބަދަލުވެފަ އެބަހުއްޓެވެ.
އެމީހުން ގަބޫލުކުރާގޮތުގައި އެގޮތަށް ވަނީ ވަރުގަދަ ނުރައްކާތެރި ކޮޅިގަނޑެއް އައުމުގެ ކުރިން ނެވެ. އުޑުމައްޗަށް ފެހިކުލަ އަރާ އޭގެ ފަހުން މޫސުން ވަރަށް ގޯސްވެގެންދާ ކަމަށް ބައެއް މީހުން ބުނެއެވެ.
ބައެއް މީހުން ބުނަމުންދިޔައީ ދުނިޔެ ނިނުމީ ކަމަށެވެ.
އެމެރިކާގެ ދެކުނު ޑެކޮޓާގެ އުޑަމަތި ފެހިކުލައަށް ބަަދަލުވިއިރު، މިދިޔަ އަހަރު ތެރޭ ޗައިނާގެ އުޑުމަތިވެސް ވަނީ ގަދަ ރަތްކުލައަކަށް ބަދަލުވެފަ އެވެ.
އެފަހަރުވެސް އެ ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކޮށް މޫސުން ގޯސްވި އެވެ.