ads
ގެއްލިގެން ހޯދަމުންދާ ރާމިޒް
ރާމިޒް ހޯދަން ނ. އަތޮޅުގެ ގިނަ ރަށްތަކެއް ބަލައިފި، ނުފެނުނު!
ނ. ހެނބަދޫ އިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އެ ރަށު ކުންނާރުގެ، އިބްރާހީމް ރާމިޒް ފެނޭތޯ، ނ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ކަނޑުގެ ސަރަހައްދު ހިމެނޭހެން ބަލާފަވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން، ފުލުހުންނާ ގުޅިގެން ދަނީ ބުރާސްފަތި ދުވަހުން ފެށިގެން ދަނީ މަސައްކަތް ކުރަމުން ނެވެ. 

ރާމިޒް ގެއްލުނުތާ މިއަދަށް ތިން ދުވަސްވީއިރު، އެމްއެންޑީއެފްއިން ބުނީ، ނ.ހެނބަދޫއާއި ކެނދިކުޅުދޫ، އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު ވެސް ބަލާފަވާ ކަމަށެވެ. 

"އަދި އެމްއެންޑީއެފް ޑޯނިއަ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ވަނީ ބަލާފަ" އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް ރާމިޒް އަދިވެސް ފެނިފައެއް ނުވެ އެވެ. ރާމިޒް އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ. 

އާއިލާއިން ބުނާގޮތުން، އެ ދުވަހުގެ ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ކަމަށް ލަފާކުރެވެ އެވެ. އެއީ އެގޭގައި ބޭނުންކުރާ ކެނޯ މިހާރު ގޭގައި ނެތުމުން ނެވެ. 

ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު "ސީއެންއެމް" އަށް ވިދާޅުވިގޮތުން، ހެނބަދޫ އަކީ ޖަންގަލި ވާ އޮންނަ ރަށެއް ނޫންކަމުން ރަމީޒް ހޯދުމުގެ މަސައްކަތުގައި މުޅި ރަށް އެއްކޮށް މިހާރު ބަލައިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާ ފެނިފަ ނުވާކަމަށާއި، އޭނާ ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް