ads
ލަންކާގެ ރައީސް ގޮޓަބަޔާ އިސްތިއުފާ ދޭން ނިންމަވަައިފި
ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދޭން ނިންމަވަައިފި އެވެ.
Advertisement

އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފަވާގޮތުގައި،  ގޮޓަބަޔާ މިމަހު 13 ވަނަ ދުވަހު ރައީސް ކަމުން އިސްތިއުފާ ދޭނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަށް ވަނީ ދަންނަވާފަ އެވެ.

ގޮޓަބަޔާ އިސްތިއުފާދޭނެ ކަމަށް ވިދާޅުވެފަ މިވަނީ، މިއަދު ލަންކާގެ ވެރި ރަށް ކޮލަމްބޯގައި ބޭއްވި ވަރުގަދަ މުޒާހަރާތަކުގައި ގޮޓަބަޔާގެ ރިޔާސީ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ގަދަކަމުން ވަދެގަނެފަ ވަނިކޮށެވެ.

އެތަނަށް މުޒާހަރާގެ ބައިވެރިން ވަނުމުގެ ކުރިން ގޮޓަބަޔާ ވަނީ ގަނޑުވަރުކޮޅުން ނިކުމެފަ އެވެ. އަދި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފަވާގޮތުން ފޮށިތަކާއިއެކު މިލިޓަރީ ޝިޕެއްގައި ގޮޓަބަޔާ ވަނީ އެވަގުތު ގައުމުން ބޭރުވެފަ އެވެ. އޭނާ މިވަގުތު ހުންނެވިތަނެއް ނޭނގެ އެވެ.

އޭގެފަހުން ބޮޑުވަޒީރު ރަނިލް ވަނީ އިސްތިއުފާ ދޭނެކަމަށް ވިދާޅުވެފަ އެވެ. މިހާރު ރަނިލްގެ އަމިއްލަ ގެކޮޅުގައިވެސް ވަނީ ބަޔަކު ރޯކޮށްލާފަ އެވެ. 

ލަންކާގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފަވާއިރު، މިއަދުގެ މުޒާހަރާގައި ބައިވެރިވާން އެކި ތަންތަނުން ކޮލަމްބޯއަށް ވަނީ މީހުން ޖަމާވެފަ އެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑުކޮށްފަވަނީ ގޮޓަބަޔާ އިސްތިއުފާ ދިނުމަށެވެ. 

ލަންކާގެ މަޝްރަހު ހޫނުވެ، ކޮންޓްރޯލުން ނެއްޓުމުން ގޮޓަބަޔާ އިސްތިއުފާ ދޭން ނިންމިއިރު، މިއަހަރުގެ މެއި މަހު ހިނގި ހަމަނުޖެހުންތަކުގައި ގޮޓަބަޔާގެ ކޮއްކޯފުޅު ބޮޑުވަޒީރުކަމުން އިސްތިއުފާ ދިނުމުންވެސް ގޮޓަބަޔާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ލަންކާގައި އޮތް އިގްތިސާދީ ކާރިސާ އާއި ގުޅިގެން އާއްމުންގެ ރުޅިގަނޑު ފަޅައިގެންގޮސް ވެރިކަމުގައި މިހާރު އޮތް ރާޖަޕަަކްސަ އާއިލާ ވެރިކަމުން ފޭބުމަަށް ގޮވާލާ އޭރު ހަމަނުޖެހުންތައް ބޮޑުވެ، ކުއްލި ނުރައްކަލުގެ ހާލަތުވެސް އެގައުމުގައި އިއުލާންކުރިއެވެ. 

އޭރު ޗީފް ގަވަމަންޓް ވިޕް އެންޑް ހައިވޭ މިނިސްޓަރު ޖޯންސްޓަން ފެރްނާންޑޯ ވިދާޅުވީ، ގޮޓާބަޔާ ރައީސްކަމަށް އައްޔަން ކޮށްފައިވަނީ 6.9 މިލިއަން މީހުންގެ ވޯޓާއިއެކު ކަމަށާއި، ރައީސް އެއްވެސް ހާލެއްގައި އިސްތިއުފާ ނުދޭނެކަމަށެވެ.

އޭނާ ވަނީ ލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ އިދިކޮޅު ޖޭވީޕީ ޕާޓީން ހިންގާ ހަމަނުޖެހުންތަކެއްކަމަށް ސިފަކޮށް އެ ޕާޓީގެ “ތަގް ޕޮލިޓިކްސް” އަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ހަމަނުޖެހުންތައް ހުއްޓާލުމަށް އެގައުމުގެ ރައްޔިތުންނަށްވެސް ވަނީ އޭނާ ގޮވާލާފައެވެ. 

ލަންކާގައި ހިނގަމުން ދިޔަ ބޮޑެތި މަސްރޫއުތަކުގެ ލޯނު އަނބުރާ ދައްކަންޖެހުމާއި އެކު ލަންކާއަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދު ކަނޑާލުމަށް ވެސް ލަންކާގެ ސަރުކާރަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަޖުބޫރު ވެފައެވެ. 

ފަހަކަށް އައިސް ކަރަންޓް ކަޑައިގެންދިއުމުގެ އުދަގޫވެސް ސްރިލާންކާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ތަހަންމަލުކުރަންޖެހިފައެވެ. 

މީގެ އިތުރުން ސްރީލަންކާގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، ގޭސްފަދަ އަސާސީ ވަސީލަތްތައް ވެސް ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތި ލަމުންނެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް