ads
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު
ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލު ގެންނަނީ: އީސީ
ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލުގެންނަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެންނަން ބަންޑާރަ ނައިބުގެ އޮފީހާއި މިހާރު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. 

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ޖުމްލަ 11 ސިޔާސީ ޕާޓީއެއްް ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ފައިސާ ލިބެނީ ޖުމްލަ ހަތަރު ޕާޓީއަކަށެވެ. 

ފުއާދު ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުގެ ތެރެއިން ވިހި ޕަސެންޓް ފައިސާ ޕާޓީތަކަށް ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، ނުވަތަ ފައިސާ ދިނުން ހުއްޓާލުމަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. 

ފުއާދު ވިދާޅުވީ ޕާޓީތަކަށް ވަގަށް މެންބަރުން ވައްދަމުންދާ މިންވަރު މިހާރު މަދުވެފައިވާ ކަމަށާއި، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން މަދުކުރުމުން ޕާޓީތަކަށް ވަގަށް މެންބަރުން ވައްދަމުން އަންނަ މައްސަލަ އަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވަގަށް ޕާޓީތަކަށް ވައްދާ މައްސަލައިގައި ފުރަތަމަ ފަހަރަށް ޕާޓީގެ ރަޖިސްޓްރާ 5000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ. ދެވަނަ ފަހަރަށް ހުށަހަޅާ ފޯމަކާއެކު ޕާޓީގެ ރަޖިސްޓްރާ 10000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ. އަދި ޕާޓީ ވެސް 10000 ރުފިޔާ އިން ޖޫޜިމަނާ ކުރެ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް