ads
ރަނިލް
ލަންކާގެ ވަގުތީ ރައީސް އަކަށް ރަނިލް!
އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައޮތް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ލަންކާގެ ވަގުތީ ރައީސްކަމާއި ހަވާލުވެ ވަޑައިގެންފި އެވެ. އޭނާ ވަގުތީގޮތުން އެމަގާމާއި ހަވާލުވެވަޑައިގަތީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް މިއަދު ރާއްޖެ ވަޑައިގެންފައިވާތީ އެވެ.

ރައީސް ގޮޓަބަޔާ މިއަދު އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފަ ވިޔަސް އިސްތިއުފާ ސިޓީ ނުލިބޭ ކަމަށް އެގައުމުން ބުނެ އެވެ. އަދި ރަނިލް އަށް ވަގުތީ ރައީސްކަން ގޮޓަބަޔާ ހަވާލުކުރައްވާފައިވާކަން ރަސްމީކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިހާރު ވަނީ އިއުލާންކުރައްވާފަ އެވެ.

މިއަދު ގައުމު ހިންގުމާއި ހަވާލުވެވަޑައިގަތުމަށްފަހު ރަނިލް ވިދާޅުވީ އާ ސަރުކާރެއް ޤާއިމްވުމުން އެމަނިކުފާނު ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.

ރަނިލް ވަގުތީ ގޮތުން ގައުމު ހިންގުމާއި ހަވާލުވެވަޑައިގެންނެވިއިރު، ޖުލައި ނުވަ ވަނަ ދުވަހު ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ރައީސް ގޮޓަބަޔާ އަދި ރަނިލްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން އެ ދެބޭފުޅުން މީގެ ކުރިން އޮތީ މަގާމުން ވަކިވެވަޑައިގަތުމަށް އެއްބަސްވެފަ އެވެ. 

މީގެ ކުރިން އޮތީ އެދެބޭފުޅުން މަގާމުން ވަކިވެވަޑައިގަތުމުން ، އާ ރައީސް އަކު އައްޔަން ކުރެވެންދެން ގައުމުގެ ހިންގުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ހަވާލުކުރާ ގޮތަށެވެ.

ނަމަވެސް އިސްތިއުފާ ދެއްވަން އޮތް ދުވަހު ގޮޓަބަޔާވަނީ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފަ އެވެ. މިކަމާއި ގުޅިގެން ބޮޑުވަޒީރު ރަނިލްގެ އޮފީސް ދަށަށް އެއްވެ ލަންކާގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުން ނެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ގޮޓަބަޔާ އާއި ރަނިލްވެސް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށެވެ. 

މިމުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ބައެއް ހިސާބުތަކުގައި ކާފިއު އާއެކު، ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް