ads
ކިނބުލެއް ކޯރު ސަރަހައްދުގައި...
ލަންކާގައި ކިނބުލެއް 7 އަހަރުގެ ކުއްޖަކު ކާލައިފި
ސްރީލަންކާގައި ހަތް އަހަރުގެ ކުޑަ ކުއްޖަކު ކިނބުލެއް ކާލައިފި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިކަމެއް ހިނގާފައިވަނީޯ ސްރީލަންކާގެ އައްސޭރި ސަރަހައްދެއް ކަމަށްވާ ސީގިރިޔާ ސަރަހައްދުގަ އެވެ. 

ސްރީލަންކާގެ ބައެއް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވަނީ ކިނބޫ އެ ކުއްޖާ ގެންގޮސްފައިވަނީ ކިނބޫތައް އުޅޭ ކޯރެއް ހުންނަ ސަރަހައްދުގައި ހުރި ޓޭންކެއްގައި އެ ކުއްޖާ ފެންވަރަން ހުއްޓައި ކަމަށެވެ. 

މިހާތަނަށް އައިއިރު އެ ކުއްޖާ ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސްރީލަންކާގެ "ނިއުސްވަޔަރ" ނޫހުގައި ރިޕޯޓްކޮށްފައިވަނީ ގެއްލިގެން އުޅޭ ހަތް އަހަރުގެ ކުއްޖާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

your imageސްރީ ލަންކާގެ އައްސޭރި ސަރަހައްދުގެ މަންޒަރެއް..

ކިނބުލުގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕަ އާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ކިނބޫ އެކުއްޖާ ދަމައިގަނެގެން ކޯރަށް ގެންދިއުމުން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކާމިޔާބުވާގޮތް ނުވީ ކަމަށެވެ.

މިފަދަ ހާދިސާތައް މަދުން ނަމަވެސް ލަންކާގައި ހިނގާފައިވާއިރު 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފަ އެވެ. 

9%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް