ads
ފިލްމީ އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް ތަރިން
އެމްއެފްއޭ ގެ އިންތިހާބުގައި ވާދަކުރާފަރާތްތައް އިއުލާނުކޮށްފި
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ އެކި މަގާމުތަކަށް ވާދަކުރައްވާ ފަރާތްތަކުގެ ނަންމތަކާއި ކެންޑިޑޭޓް ނަމްބަރުތައް އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތައް އިއުލާނުކޮށްފި އެވެ.
Advertisement

ފިލްމް އެސޯސިއޭޝަންގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ. 

މި އިންތިހާބުގެ އެންމެ ނުފޫޒުގަދަ އެންމެ ބޮޑު މަގާމަކީ ޗެއާޕާސަން ކަމުގެ މަގާމެވެ. މި މަގާމަށް ކުރިމަތި ލައްވާފައިވަނީ މަޝްހޫރު ޕްރޮޑިއުސަރުއްގެ އަދި ފިލްމީ ތަރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯމެއް ހޯދާފައިވާ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އެވެ.

your imageފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިބްރާހީމް ރަޝީދު މޫސާ (ބުރޯ)

ޗެއާޕާސަންގެ ގޮނޑިއަށް ބުރޯ އާއެކު ވާދަކުރައްވާ އަނެއް ކެންޑިޑޭޓަކީ މަޝްހޫރު ކެމެރާމަން އަދި ކުރިންވެސް މި މަގާމުގައި ހުންނެވި ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. 

your imageފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ މަޝްހޫރު ފިލްމީ ތަރި އާމިރާ އިސްމާއީލް އާއި، ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އަބުދުﷲ މުއާޒް އެެވެ.

your imageފިލްމީ ތަރި އާމިރާ އިސްމާއީލް

މި އިންތިހާބުގެ އެންމެ ވާދަވެރި މަގާމެއްގައި ހިމެނެނީ ޖެނެރަލް ސެކެޓްރީގެ މަގާމެވެ. ޖެނެރަލް ސެކެޓްރީގެ މަގާމަށް ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން ފިލްމު ތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ މަޝްހޫރު ފިލްމީ ތަރި މުހައްމަދު މަނިކު (މަނިކު) އާއި، ބެލުންތެރިންގެ މެދުގައި ތަފާތު ރޯލް ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މުހައްމަދު ރިފްޝާން (ރިއްޕެ) ހިމެނެ އެވެ. 

your imageފިލްމީ ތަރި މުހައްމަދު މަނިކު

ހިތް ހެޔޮ އަދި މަޖާ މިޒާޖެއްގެ ރިއްޕެ ފާހަގަ ކުރެވިގެން ދަނީ ފިލްމީ އުފެއްދުން ތަކުގައި ފިލްމު ތަކާއި ޑްރާމާ ތަކުންވެސް ވިލަން ގެ ރޯލުގައި ފާހަގަ ކުރެވޭ ފަރާތެކެވެ. 

your imageފިލްމީ ތަރި މުހައްމަދު ރިފްޝާން (ރިއްޕެ) 

ހަޒާންދާރުގެ މަގާމަށް ވާދަކުރައްވަނީ މަޝްހޫރު ޑިޒައިނަރު އަދި ރާއްޖޭގެ ކޮރިއޯގްރަފީގެ ދާއިރާއިން ބެލުންތެރިންނާއި ހަމައަށް ކުޅަ ދާނަ ޑާންސް ތަކެއް ގެނެސްދެއްވާފައިވާ ޖާދުﷲ އިސްމާއީލް އާއި، ފިލްމީ އެކްޓަރު އަބުދުﷲ މާހިރެވެ.

ފިލްމް އެސޯސިއޭޝަންގެ ބޯޑު މެންބަރުކަމަށް ވާދަކުރައްވާ ފަސް ކެންޑިޑޭޓޫން ހިމެނެ އެވެ. 

ބޯޑު މެންބަރުންގެ މަގާމަށް ވާދަކުރައްވަނީ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި، ޕްރޮޑިއުސަރ އެންޑް އެކްޓަރު ޝަހު އަލީ އާއި، ކޮމެޑީ ރޯލްތަކުން ފެނިންގެންދާ އަލީ ޝާހިދު (ސެޓް އައްޔަ) އާއި، މިހާރު ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އަރަމުން އަންނަ ތަރި މުހައްމަދު ފައިސަލްގެ އިތުރުން ކުޑަކުދިންގެ ބައޯކަލޯ ފިލްމުން މަޝްހޫރު ކަމެއް ހޯދާފައިވާ އިބްރާހިމް ރިޔާޒް އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް