ads
ޖެނިފާ ލޮޕޭޒް އާއި އޭނާގެ ފިރިމީހާ ބެން އެފްލެކް..ފޮޓޯ ބީބީސީ
ލަވަކިއުންތެރިޔާ ޖެނިފާ ލޮޕޭޒް ކައިވެނިކޮށްފި
ހޮލީވުޑުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިއުންތެރިޔާ ޖެނިފާ ލޮޕޭޒް ކައިވެނި ކޮށްފި އެވެ.

ޖެނިފާގެ ހަތަރު ވަނަ ކައިވެނި ކޮށްފައިވާއިރު އިންސްޓަގްރާމް އާއި ފޭސްބްކު އަދި ޓުވިޓާގައިވެސް އޭނާ އަށް ވަނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ކިޔާފަ އެވެ. 

ޖެނިފާ ލޮޕޭޒް ކައިވެނިކޮށްފައި ވަނީ އޭނާ ކުރީގެ ލޯބިވެރިޔާ ބެން އެފްލެކް އާއެވެ.

ޖެނިފާ އެންމެ ފަހުން ކަިއވެނި ކޮށްފައި ވަނީ 2011 ވަނަ އަހަރު މަޝްހޫރު ލަވަކިއުންތެރިޔާ މާކް އެންތަނީ އާ އެވެ. އެ ކައިވެންޏަށް ހަތް އަހަރު ވެފައިވާއިރު ވަނީ އެއްމާބަނޑު ދެ ކުދިންވެސް ލިބިފަ އެވެ. 

your imageޖެނިފާ ލޮޕޭޒް އާއި މާކް އެންތޮނީ އަދި އެ ދެމަފިރިންގެ ދެ ކުދިން

ބްރޮންކްސް އަށް އުފަން ޕޮޕް ލަވަކިޔުންތެރިޔާގެ މި ކައިވެނި ހަފްލާ ބޭއްވިގެން މިދިޔައީ އޭނާއަށް 53 އަހަރުވާން އެންމެ ހަފްތާއްކަށް ވިފަހުން ކަމަށް ބީބީސީ ނިއުސްގެ އެންޓަޓައިމް ގައި ރިޕޯޓް ކޮށްފައި ވެ އެވެ. 

ބީބީސީ ގައި ރިޕޯޓްކޮށްފައި ވަނީ ޖެނިފާގެ މި ކައިވެންޏާމެދު ވަރަށް އުފާވާ ވާހަކަ އާއި، އެކަކު އަނެކަކާ މެދު ވަރަށްވެސް ހިންހަމަ ޖެހޭ ކަމަށެވެ. 

ލޮޕޭޒް އެންމެ ފުރަތަމަ ކައިވެނިކޮށްފައި ވަނީ އޮޖަނީ ނޮއާ އާއި 1997 ވަނަ އަހަރުގައެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ އަށް ވަނަ އަހަރު އެ ކައިވެނި ރޫޅިފައިވާއިރު ކްރިސް ޖަޑް އާއި 2001 ވަނަ އަހަރު ލޮޕޭޒް ކައިވެނި ކުރިއެވެ. އަދި 2003 ވަނަ އަހަރު އެ ކައިވެނިވެސް ރޫޅުމުން 2004 ވަނަ އަހަރު މާކް އެންތޮނީ އާއި ކައިވެނި ކުރިއެވެ. މާކް އެންތޮނީ އާއި 10 އަހަރުވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު 2014 ވަނަ އަހަރު އެ ކައިވެނިވެސް ވަނީ ރޫޅިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް