ads
ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ ޝަމީމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ---(ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ވެއިޓަރު މަރާލި އާބިދުގެ މައްޗަށް ދައުވާކުރާ އަޑުއެހުން ކެންސަލް
ހުޅުމާލޭ ހާންޖީ ރެސްޓޯރެންޓްގައި ތޫނު އެއްޗަކުން ހަމަލާދީ ބަނގުލަދޭޝްގެ މީހަކު މަރާލި ޕާކިސްތާނު މީހާ އަށް ދައުވާ ކުރަން މިއަދަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
Advertisement

މި މައްސަލާގައި ދައުލަތުން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައި ވަނީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށެވެ. 

މިއަހަރުގެ އެޕްރީލު މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އާބިދުގެ މައްޗަށް، ދައުވާ އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގާ މިއަދު ހެނދުނު 11:00 އަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް މައްސަލައިގައި ހިމެނޭ ހެކިން މިއަދު ކޯޓަށް ހާޒިރުނުކުރެވުމުގެ ސަބަބުން މިއަދަށް ތާވަލްކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.  

އާބިދުގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ފޮނުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. 

your imageބަންގްލަދޭޝް މީހާ މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދު

އުމުރުން 26 އަހަރުގެ އަބީދު ބަގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ ޝަމީމް އަށް ހަމަލާދީފަ ވަނީ ވަޅިންނެެވެ. ޝަމީމް އެވަގުތު މަސައްކަތް ކުރަމުންދިޔައީ ކިޗަން ހެލްޕަރެއްގެ ގޮތުގަ އެވެ. ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭ ޝަމީމުގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހެރުމަށްފަހު އަބީދު ފިލީއެވެ. އޭނާ ފުލުހުން ހައްޔަރުކުރީ އަނެއް ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

މި ހާދިސާގައި ޝަމީމް ޒަހަމުވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ހުއްޓިފައެވެ. ފަހުން އޭނާ މަރުވިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދިނެވެ. ޝަމީމްގެ ހަށިގަނޑު ވަނީ އެޕްރީލް 22 ވަނަ ދުވަހު ގައުމަށް ފޮނުވާލައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް