ads
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވަނީ..
ބޮޑުވަޒީރު އަބޭގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ޝިންޒޯ އަބޭ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފި އެވެ.

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނު ކެމްޕެއިން ޖަލްސާއެއްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށެވެ. 

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ. 

އަބޭ އަވަހާރަކޮށްލި މައްސަލައިގައި ސަލާމަތީ ކަންކަން ފެއިލްވުމުން އެކަން ތަހުގީގު ކުރަން ވަރުގަދަ ޓާސްކުފޯސް އެއް ޖަޕާނުގެ ސިފައިންގެ ފޯސް އިން ވަނީ އުފައްދާފަ އެވެ. 

އަބޭ އަވަހާރަވެފައިވަނީ ބަޑީގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. 

މި މައްސަލަ އާއި ގުޅިގެން އުމުރުން 41 އަހަރުގެ ޔަމަގަމީ ޓެޓްސްޔާ ނަމަކަށް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ބަޑީގެ ހަމަލާ ދިން މީހާ ހަމަލާދީފައިވަނީ އަމިއްލަ އަށް އުފެއްދި ބަޑިއަކުންނެވެ.

ޖަޕާންގެ ފުލުހުން ޔަމަގަމީ ޓެޓްސްޔާ ދިރިއުޅެމުންދާ އެޕާޓްމަންޓު ބަލައި ފާސް ކުރުމުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި ފިސްތޯލަ އަދި ހަތިޔާރު އަތުލައިގެންފައި ވާކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

ޖަޕާންގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި އަބޭ އަވަހާރަވީއިރު އުމުރުފުޅަކީ 61 އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް