
ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގަ އެވެ. އެއީ މާދަމާ (20 ޖުލައި 2022)ގައި އޮންނަ ފްލައިޓާއި، މި އަންނަ ހޮނިހިރުދުވަސް އެއީ ( 23 ޖުލައި 2022) އާއި އަންނަ ހަފްތާގެ ބުދަދުވަސް (27 ޖުލައި 2022)ގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ހައްޖުވެރިން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހައްޖުވެރިންނަށް ހާއްސަކޮށް ހިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.