ads
ލަންޑަންގައި ރޯވެ ބައެއް ގެތަށް ވަނީ އަނދަން ފަށާފަ.. ފޮޓޯ ބީބީސީ
އިނގިރޭސިވިލާތުގެ ލަންޑަންގައި ރޯވެ އަނދަން ފަށައިފި
ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ލަންޑަންގައި ރޯވެ އަނދަން ފަށައިފި އެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ ލަންޑަނުގެ ބައެއް ގެތަކުގައި އަލިފާން ރޯވެ އަދަމުން އަންނަކަމަށް ބީބީސީ ރިޕޯޓްތައް ބުނެ އެވެ. 

ލަންޑަންގެ މެދުތެރޭގައި އޮންނަ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތު ސިފައިންގެ އެންމެ ބޮޑު އަސްކަރީ އެއާޕޯޓް ކަމަށްވާ އޮކްސްފޯޑްޝައާގެ އެއާޕޯޓް ރަންވޭގެ ތާރުތައް އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން ވިރެމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

your imageލަންޑަންގެ މަގުތަކުގައި ހުރި ތާރުތައް ހޫނުގަދަވުމުން ވިރި އަލިފާން ރޯވެފަ...

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުގެ ހޫނުމިން މިހާރު ވަނީ 40.2 ޑިގްރީ ސެލްޝިއަސް އަށް އަރާފައެވެ. 

މިއަދު ހެންދުނުގެ ވަގުތުގައި އެގައުމުގެ ހޫނު މިން ހުރީ 41 ޑިގްރީ ސެލްސިއެސްގަ އެވެ. 

އިނގިރޭސިވިލާތުގެ ކެންލޭގައި ރޭގަނޑު ވެސް ފިނިހޫނުމިން އުޅެނީ 25.8 ޑިގްރީ ސެލްޝިއަސް ގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ކިއު ގާޑެންސް އާއި ހީތްރޯގެ ރޭގަނޑުގެ ފިނިހޫނުމިން ރިކޯޑް ކުރެވިފައިވަނީ 38.8 ގައެވެ.

 

24%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް