ads
ޖަލުގައި ތިބި ގައިދީންތަކެއް——
މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިނަ މައްސަލަތަކެއް ނިމިއްޖެ: އޭޖީ
މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބޯޑު (ކްލެމެންސީ) ބޯޑަށް ހުށަހެޅުނު ގިނަ މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަްގެ އޮފީހުން ބުނެފި އެވެ.

ކްލެމެންސީ ބޯޑަކީ މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު ހިންގާނީ އެޓާނީ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ. 

އޭޖީ އޮފީހުން ބުނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެބޯޑަށް 257 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 161 މައްސަލައެއް ބަލައި ހައްލުކުރެވިފައިވާ ކަމަށެވެ. 

ކްލެމެންސީ ބޯޑަށް މިއަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ހަތްދިހަ ތިން މައްސަލަ އެއް އަދި ނިމިފައިނުވާއިރު އެކި ސަބަބުތަކާއިހުރެ 23 މައްސަލައެއްގެ ފޯމު ކެންސަލްކޮށްފައިވެ އެވެ. 

your imageކ.ހިންމަފުށި އައްސޭރި ޖަލު/ ފޮޓޯ: ސަން

އޭޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ ނިމިގެންދިޔަ 2021 ވަނަ އަހަރަކީ އެ ބޯޑަށް ރެކޯޑް އަދަދަކަށް މައްސަލަ ހުށަހެޅި ބަލައިވާ އަހަރެއް ކަމަށެވެ. އެގޮތުން 600 އަށްވުރެ ގިނަ މައްސަލަ އެބޯޑަށް ހުށަހެޅިގެން މިދިޔަ އަހަރުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ. 

މާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސަަށް ކުރާ އިލްތިމާސްތައް ކްލެމެންސީ ބޯޑުން ނުބެލި ލަސްވާ ކަމަށް ބުނެ ގައިދީން އަބަދުވެސް ޝަކުވާ ކުރާ މައްސަލަ އަބަދުވެސް ފެންމަތިވެ އެވެ. 

ގައިދީންގެ ތެރެއިން ގިނަ ބަޔަކު ސޮއިކޮށް އެންމެ ފަހުން ރައީސް އަށް ފޮނުވި ޕެޓިޝަނުގައިވެސް އޮތީ ކްލެމެންސީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ނުނިމި ލަސްވާތީ އެކަން ބަލައިދިނުމަށް އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް