އިންޑިޔާގެ އައްސާމް ސްޓޭޓްގައި ހިނގި މިހާދިސާގައި އަންހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިފައިވާ ފިރިހެނަކަށް އެކުއްޖާގެ ބައްޕަ ހަމަލާދޭން އުޅުމުގެ ތެރޭގައި އޮޅިގެން ވަނީ އެހެން ފިރިހެނެއްގެ ކަންފަތް ބުރިކޮށްލާފަ އެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުގައި މި ވާހަކަ ރިޕޯޓްކޮށްފައިވާއިރު އަނިޔާ ލިބުނު ފިރިހެން މީހާގެ އާއިލާއިން ވަނީ މިމައްސަލަ ފުލުހުންނަށްވެސް ހުށަހަޅަފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލަ އާއި ގުޅިގެން އަންހެން ކުއްޖާގެ ބައްޕަ މިހާރު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.
މިފަދަ މައްސަލަތައް އިންޑިޔާގައި އިތުރުވަމުން އަންނަ އިރު އަނބި މީހާ ހިލޭ ފިރިހެނަކާއެކު ގުޅުން ބޭއްވި ކަމަށް ބުނެ އަންހެންމީހާގެ ބޯ ބުރިކޮށްލި މައްސަލައެއްވެސް މިމަހުގެ ސޯޅަ ވަނަ ދުވަހު ފުލުހުން ވަނީ ބަލަން ފަށާފަ އެވެ.
އިންޑިޔާ ގެ އަވަށެއްގައި ހިނގި މި ހާދިސާގައި ފިރިހެން މީހާ ވަނީ އޭނާގެ އަންހެނުން އެހެން ހިލޭ ފިރިހެނަކާ އެކު ގުޅުން އޮންނަ ކަމަށް ބުނެ އަންހެން މީހާ އަށް އަނިޔާ ކޮށްފަ އެވެ.
ފިރިހެން މީހާ ވަނީ ރުޅި އައިސްގެން އަންހެން މީހާގެ ބޯ ބުރިކޮށްލުމަށްފަހު ބޯ ހިފައިގެން އެސަރަހައްދުގެ މަގުތައް މަތީގައި ހިނގާފަ އެވެ. މީސް މީޑިޔާގައި ވަނީ މި މަންޒަރުތަކުގެ ބައެއް ވީޑިއޯތައްވެސް ލީކުވެފަ އެވެ.
އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ނަކަޕޮޑި މާޖީ ނަމަކަށް ކިޔާ މި ފިރިހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ މަރާލި އޭނާގެ އަންހެނުންގެ ހަށިގަނޑު ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.