ads
އެމްޓީސީސީ އާރުޓީއެލް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި..
އަތޮޅުތެރެއާއި މާލޭގައި ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއިން ތައްޔާރު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފޯރުކޮށްދެމުން ގެންދާ ބަހުގެ ހިދުމަތްތައް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއަށްވެސް ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމަށް މިދިޔަ ހޮނިހިރު ދުވަހު 36 ބަހެއް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ފަސް ބަސް މިމަހުގެ ފަހުކޮޅުގައި ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ، ފުވަށްމުލައް ސިޓީ އާއި، ލ.ގަން ލ.އިސްދޫ އަދި ލ.ކަލައިދޫގަ އެވެ. 

ބަހުގެ ހިދުމަތަކަީ ދަތުރުފަތުރު ކުރުމުގެ ފެންވަރު ރަގަޅު ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކު ހިދުމަތުގެ ތެރޭގައި ހިމެނޭ ހިދުމަތެކެވެ. މިހިދުމަތުގެ ތެރެއިން އާރުޓީއެލް ފެރީ އާއި ބަހުގެ ހިދުމަތްވެސް ފޯރުކޮށްދެ އެވެ. 

your imageއެމްޓީސީސީ އާރުޓީއެލް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި..

އެމްޓީސީސީ އާރުޓީއެލް ފެރީގެ ހިދުމަތް މިވަގުތު ފޯރުކޮށްދެމުން ގެންދަނީ ހއ. އަދި ހދ އަތޮޅުގަ އެވެ. އަދި ށ. އަތޮޅުގެ ރަށްތަކަށްވެސް ފެރީގެ ހިދުމަތް ދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް