ads
އިންޑޮނޭޝިއާއަށް މީގެ ކުރިން އައި ބިންހެލުމުގައި ލިބިފައިހުރި ގެއްލުންތައް: -
އިންޑޮނޭޝިއާގެ އައްސޭރި ފަށަށް ބާރުގަދަ ތިން ބިން ހެލުމެއް އައިސްފި
އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ތިން ބިންހެލުމެއް އައިސްފައި ވާކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން މިއަދު ބުނީ، މިއަދު އެގައުމަށް އެންމެ ފުރަތަމަ އައީ، ރެކްޓާ މިންގަނޑުން 5.5 ގެ ބާރުމިނުގެ ބިން ހެލުމެއް ކަމަށާއި، ބިން ހެލުން އައިސްފައިވަނީ، އެގައުމުގެ ބެންކުލޫގެ ހުޅުނގުން 56 ކިލޯމީޓަރު ދުރުން ކަމަށެވެ. 

ދެވަނަ އަށް އެގައުމަށް އައި ބިންހެލުން އައީ، ގޮރޮންޓާލޯގެ 85 ކިލޯ މީޓަރު ދުރުން ކަމަށާއި، ބިން ހެލުން ރެކޯޑް ކުރެވިފައިވަނީ، ރެކްޓާ މިންގަނޑުން 4.5 ގެ ބާރުމިނުގައި ކަމަށެވެ. އަދި ތިން ވަނައަށް އައީ، ބިންހެލުމަކީ ރެކްޓާ މިންގަނޑުން 4.7 ގެ ބާރުމިނުގައި ހަމަ އެ ސަރަހައްދަށް ކަމަށްވެސް ވަނީ ބުނެފަ އެވެ. 

އޭގެ ފަހުންވެސް އެގައުމަށް ކުދި ބިން ހެލުންތަކެއް އައިސްފައި ވާކަމަށާއި، މި ބިންހެލުންތަކާއި ގުޅިގެން އަދި މިހާތަނަށް ސުނާމީއެއްގެ އިންޒާރު ދީފައި ނުވާކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މި ސަރަހައްދުތަކުގެ ކައިރީގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ކަމުގެ ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ. 

އެގައުމަށް މިއަދު އައި ބިންހެލުން ތަކާއި ގުޅިގެން ނަގްލަމް ސަރަހައްދަށް ކޮންމެސް ވަރަކަށް ގެއްލުން ވެފައި ކަމަށާއި، އެހެން ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ވާކަމަށް ރިޕޯޓް ކޮށްފައި ނުވާކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް