ads
ރޯދަ މަހު ކެފޭ/ރެސްޓޯރަންޓު އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި
ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ މި މަހުގެ 18 ވަނަ ދުވަހެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން އެ ގަޑީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މި މުއްދަތުގައި ކެފޭ އަދި ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެގޮތަށް އަމަލުކުރަން އަންގައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް