ads
16 ގައުމުން ބައިވެރިވި ޕެޓްސް މުބާރާތުގައި ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި - ފޮޓޯ: އެމްއެންޑީއެފް
އަސްކަރީ މުބާރާތަކުން ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި
ފެބުރުއަރީ ފަހަކުން ހަތަކަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު، ޕަބި، ގައި ކުރިއަށްދިޔަ އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވި އެވެ.
Advertisement

މިމަހުގެ 5 އިން 7 އަށް ޕާކިސްތާންގެ ނެޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓާ -- ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާ އިން 24 ޓީމެއް ބައިވެރިވި އެވެ. 

މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ. 

ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުހައްމަދު ނީވީން އަދި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ކާނަލް މުހައްމަދު ނާޒިމެވެ. 

your image16 ގައުމުން ބައިވެރިވި ޕެޓްސް މުބާރާތުގައި ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި - ފޮޓޯ: އެމްއެންޑީއެފް

ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ. 

ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން އެ ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްގީކުރުމަށް ދެއްވާ ހާއްސަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް