ުލުހުން ބުނީ ހުއިފިލަނޑާ ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ފުލުހުންގެ[email protected] އަދި [email protected] އަށް ފޮނުވުމަށް ނީލަމުގައި ރަޖިސްޓްރީކޮށްދޭނެކަމަށެވެ.
ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، މިމަހުގެ 15 ވަނަ ދުވަހުގެ 11:00 ކަމަށް ފުލުހުން ބުނެއެވެ.
ނީލަން ކިޔުން އޮންނާނީ ދޫނިދޫގައި ކަމަށާއި ނީލަންކިޔުން އޮންނާނީ މިމަހުގެ16 ވަނަ ދުވަހުގެ 10:00 ގައިކަމަށްވެސް ފުލުހުން ބުނެއެވެ.
ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންކަމަށާއި ނީލަމަށް އަގު އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންކަމަށް ފުލުހުން ބުނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެކަމަށް ފުލުހުން ބުނެއެވެ.