ads
ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް..
ޔޫރަޕުގައި ހޫނު ގަދަވެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެއްޖެ
ޔޫރަޕު ގައުމުތަކަށް މިހާރު ދިމާވެފައިވާ މޫސުމީ މައްސަލައިގައި ހޫނުގަދަވެފައިވާއިރު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ޓްރަވަލް އެޖެންސީ ތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނީ މި ހަފްތާގައި ޔޫރަޕު ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެފައިވާ ކަމަށް ވަރަށްބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. 

މީގެ ކުރިން އެވަރެޖުކޮށް ދުވާލަކަށް 1200 އެއްހާ މީހުން ރާއްޖެއަށް ޒިޔާރަތްކުރާ ކަން ފާހަގަކުރައްވަމުން އެފަރާތުން ބުނީ މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1800 އާއި، 2000 އާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން އަންނަ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

"މީގެ ކުރިން މި އަންނަނީ ގާތްގަނޑަކަށް ބާރަ ސަތޭކަ ނޫނީ އެންމެ ގިނައިން ފަނަރަ ސަތޭކައެއްހާ މީހުން. މިހާރު މި ވީކްގަ ގާތްގަނޑަކަށް އަށާރަ ސަތޭކަ ނޫނީ ދެހާހެއްހާ މީހުން ދުވާލަކަށް އެރައިވަލް ވާނެ ކަމަށް ލަފާކުރެވެނީ." ޓްރަވަލް އެޖެންސީގައި މަސައްކަތް ކުރާ މީހަކު ކިޔައިދިނެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ ލަންޑަނުގެ ބައެއް ގެތަކުގައި އަލިފާން ރޯވެ އަދަމުން އަންނަކަމަށް ބީބީސީ ރިޕޯޓްތައް ބުނެ އެވެ.

ލަންޑަންގެ މެދުތެރޭގައި އޮންނަ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތު ސިފައިންގެ އެންމެ ބޮޑު އަސްކަރީ އެއާޕޯޓް ކަމަށްވާ އޮކްސްފޯޑްޝައާގެ އެއާޕޯޓް ރަންވޭގެ ތާރުތައް އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން ވިރެމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. 

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުގެ ހޫނުމިން މިހާރު ވަނީ 40.2 ޑިގްރީ ސެލްޝިއަސް އަށް އަރާފައެވެ. 

މިއަދު ހެންދުނުގެ ވަގުތުގައި އެގައުމުގެ ހޫނު މިން ހުރީ 41 ޑިގްރީ ސެލްސިއެސްގަ އެވެ. 

އިނގިރޭސިވިލާތުގެ ކެންލޭގައި ރޭގަނޑު ވެސް ފިނިހޫނުމިން އުޅެނީ 25.8 ޑިގްރީ ސެލްޝިއަސް ގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ކިއު ގާޑެންސް އާއި ހީތްރޯގެ ރޭގަނޑުގެ ފިނިހޫނުމިން ރިކޯޑް ކުރެވިފައިވަނީ 38.8 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް