ads
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތައް ގެއްލުން ހުރި ކަމެއް...
ގާނޫނުގައި ބުނާގޮތައް ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލައިފި
ގާނޫނު ނަމްބަރު 15/2010 ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ވަރަށް ގިނަ ފިހާރަތަކުން ވަކިން ސިނގިރޭޓް ވިއްކުން ހުއްޓާލައިފި އެވެ.
Advertisement

މާލޭ ސިޓީގައި ވަކިން ސިނގިރޭޓު ވިއްކަމުން އަންނަ ގިނަ ފިހާރަ އަދި ކެފޭ ތަންތަނުން ވަކިން ސިނގިރޭޓު ވިއްކުން އިއްޔެއިން ފެށިގެން ވަނީ ހުއްޓާލާފަ އެވެ. 

މާލޭގެ ވަށައިގެން ހުންނަ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގިނަ ޓޭކްއަވޭ ކެފޭ ތަކާއި ކުދި ފިހާރަތަކުންވެސް ވަނީ ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލާފަ އެވެ. 

ކުއްލިއަކަށް ފިހާރަތަކުން ގެނައި މިބަދަލާއި ގުޅިގެން ސުވާލުކުރުމުން ބައެއް ފިހާރަތަކުން ބުނެފައިވަނީ އެއީ ގާނޫނީ މަނާކަމެއް ކަމަށްވާތީ އެކަން ނުކުރަން ނިންމީ ކަމަށެވެ. 

ބައެއް ފިހާރަތަކުން ބުނެފަިއވަނީ ވަކިން ސިނގިރޭޓު ވިއްކާ މައްސަލަތައް ފާހަގަކޮށް ކަމާއިބެހޭ އިދާރާތަކުން މޮނީޓާކުރަމުން އަންނަ ކަމަށާއި، އެހެން ކަމުން ގާނޫނު ބުނާ ގޮތަކަށް ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލީ ކަމަށެވެ. 

"ވަކި ސިނގިރޭޓު ވިއްކައިގެން މިހާރު ބަޔަކު ޝަކުވާ ކޮށްފި. އެހެންވީމަ ދެން މިހާރު ނުވިއްކަން ވަކިންނެއްވެސް އަދި ފޮށްޓެއްވެސް." ނަން ހާމަކުރަން ބޭނުން ނުވާ ފިހާރައިގެ ސޭޓަކު ކިޔައިދިނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުތުން 2013 ވަނަ އަހަރުހެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި މި ގާނޫނުގައި ބުނެފައިވަނީ ރާއްޖެއިން ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ދުންފަތާއި ބެހޭ ތަކެތީގެ ތެރެއިން ވަކި ސިނގިރޭޓް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. 

އަދި މި ނޫން ގޮތަކަށް އަމަލުކުރާނަމަ އެ ވިޔަފާރި ކުރާ ފަރާތެއް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތައްވެސް އެކަމުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމަކަށް ވާއިރު މި ކަމުގެ ސަބަބުން ފައިދާއެއް ނުވެ ލިބޭ އާންމުދަނީ ބޭކާރުގޮތުގައި ހޭދަވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް