އެމަނިކުފާނުގެ މި ދަތުރުފުޅާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، ސީޝެލްސް އަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ. ރޮޖާ މަންސިއެންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 28 އަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެކު ރަސްމީ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް މަޖިލީހުން ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.