ads
އަލްއުސްދާޒާ އަސްރާ އަހުމަދު
އެމްއެންޕީގެ ތަރުޖަމާނު ކަމުން އަސްރާ އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ތަރުޖަމާނު ކަމުގެ މަގާމުން، އަލްއުސްތާޒާ އަސްރާ އަހުމަދު އިސްތިއުފާދެއްވައިފި އެވެ.

އެމްއެންޕީގެ ތަރުޖަމާން ކަމުގެ މަގާމަށް އަސްރާ އައްޔަން ކުރެއްވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަސްރާ ގެންދެވީ، އެ ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންނެވެ. އަދި ޕާޓީގެ ތެރޭ އަންހެނުންގެ ބާރުވެރިކަން އިތުރު ކުރުމަށް އަސްރާ ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ. 

މިކަމާއި ގުޅިގެން އަސްރާ މިއަދު ވިދާޅުވީ، ޕާޓީގެ ތަރުޖަމާނު ކަމުން އިސްތިއުފާ ދެއްވީ، މަތީ ތައުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ދިރިއުޅުއްވުން ބަދަލުކުރައްވަން ޖެހުމުން މިވަގުތު ޕާޓީގެ ތަރުޖަމާން ކަމުގެ މަގާމު އަދާކުރެއްވެން ނެތުމުން ކަމަށެވެ. މީގެ އިތުރުން އަސްރާ ވިދާޅުވީ، އެމްއެންޕީއިން އޭނާ އަށް އިތުބާރު ކުރެވޭ ފަދަ މަގާމެއް ހަވާލުކުރެއްވެވި ކަމަށްޓަކައި، އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް އާއި އެޕާޓީގެ އެންމެހާ މެމްބަރުންނަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ. 

އަސްރާ ތަރިޖަމާން ކަމުން އިސްތިއުފާ ދެއްވުމާއި، ގުޅިގެން އެ ޕާޓީގެ ރައީސް ނާޒިމް ވަނީ އަސްރާ ތަރިޖަމާން ކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް