މި އިންތިހާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝިރުމީނާ އަލީ އާއި، އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ މުހައްމަމަދެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ޝިރުމީނާ އަލީ އަށް 85 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ މުހައްމަމަދު ވަނީ 114 ވޯޓު ހޯދައިގެން މި އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ ޖުމްލަ 298 މީހުންނެވެ. ވޯޓު ލާފައި ވަނީ ޖުމްލަ 203 މީހުންނެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓެވެ.
މިއަދުގެ އިންތިހާބާއެކު އެމްއެންޕީން މިހާތަނަށް ކާމިޔާބުވެފައި ވަނީ ވާދަކުރިން އިންތިހާބުގެ ތެރެއިން ޑަބްލިއުޑީސީގެ ދެ ގޮނޑި އެވެ.
ށ.ކޮމަންޑޫގައި އެންމެ ފަހުން ބޭއްވި ޑަބްލިއުޑީސީގެ އިންތިހާބުގައިވެސް އެޕާޓީން ވަނީ ފުރަތަމަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.