ads
ފިނޭންސް މިނިސްޓަރ އަމީރު
މައުލޫމާތު ނުދޭތީ ފިނޭންސަށް އައިކޮމްގެ އިންޒާރު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުން އަންނާތީ ފިނޭންސް މިނިސްޓްރީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިންފޮމޭޝަން ކޮމިޝަނަރު ދެއްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު، ފިނޭންސްއަށް އިންޒާރު ދެއްވާފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. އެއީ އެސޯސިއޭޝަން ފޯރ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްގެ ފަރާތުން ފިނޭންސް މިނިސްޓްރީން ހޯދަން އެދުނު މައުލޫމާތުތަކެއް ފިނޭންސް މިނިސްޓްރީން ނުދީގެން އެ ކަމުގެ ޝަކުވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލައިގެ ނިންމުމުގައެވެ. އެ ނިންމުމުގައިވާ ގޮތުން، ފިނޭންސްއިން މި އަހަރު ތެރޭގައި، މައުލޫމާތު ނުދީގެން ހަތަރު ޝަކުވާއެއް އެ އިދާރާއަށް ލިބިފައިވާކަން އެނގެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމާއި އެއް ގޮތަށް، އަމަލުކޮށްފައިނުވާތީއާ އަދި ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހަތަރު މައްސަލައެއް، މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގުގެ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ޖަވާބު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާކަން ފާހަގަ ކުރެވޭތީ، ދެން މި ފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަން އަންގައި މައްސަލަ ނިންމީމެވެ.

ފިނޭންސްއިން މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އިންޒާރު އެ މިނިސްޓްރީއަށް ލިބިފައިވާއިރު، މައުލޫމާތު ދިނުމަށް ފިނޭންސުން ދެކޮޅު ހަދާފައިވާ މައްސަލައެއްގެ އަޑު އެހުމެއް މިއަދުވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެބައޮތެވެ. މިއަދު ހެނދުނަށް ތާވަލު ކުރުމަށް ފަހު މިހާރު މެންދުރަށް ފަސްކޮށްފައިވާ މި އަޑު އެހުމަކީވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން އެއްވެސް ޖަވާބެއް ދީފައިނުވާތީ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް