ads
ފޮޓޯ: ގޫގަލް
35 ފޫޓަށްވުރެ އުސް ސުނާމީ ތަކެއް އަރާފާނެ ކަމުގެ އިންޒާރު ދީފި!
ދުނިޔޭގެ އެކި ހިސާބުތަކަށް ކައިރި މުސްތަގުބަލެއްގައި ބިޔަ ސުނާމީ ތަކެއް އަރާފާނެ ކަމުގެ އިންޒާރު މޫސުން ދިރާސާ ކުރާ ފަރާތްތަކުން ދީފި އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ދިރާސާ ކުރާ ފަރާތްތަކުން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ދުނިޔެއަށް މިހާރު އަންނަމުންދާ ބަދަލުތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ވަރުގެ ބަދަލުތަކެއް ކަމަށާއި، މޫސުމާށް އެކި ކަހަލަ ބަދަލުތައް އަންނަމުން ދާ ކަމަށެވެ. 

އެގޮތުން ފަހަކަށް އައިސް ދުނިޔެއަށް އަންނަ ބިން ހެލުންތަކުގެ އަދަދު އިންތިހާއަށް ގިނަވެފައި ވާކަމަށާއި، މިކަމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ އެކި ހިސާބުތަކަށް ބޮޑެތި ސުނާމީ ތަކެއް އަރާފާނެ ކަމުގެ ބިރު މިހާރު ހީވެފައި ވާކަމަށެވެ. އަދި ބިން ހެލުން ތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ރިޕޯޓްގައި ވަނީ ލަފާ ކޮށްފަ އެވެ. 

ސުނާމީގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާ ކޮށްފައިވަނީ، އައްސޭރި ފަށުގެ ގައުމުތަކާއި، ބިން ތިރި ގައުމު ތަކަށް ކަމަށް ދިރާސާގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މި ސުނާމީގެ ރާޅުގެ އުސްމިނުގައި 35 ފޫޓާއި 49 ފޫޓު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ ދިރާސާގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން ރިޕޯޓުގައި ބުނެފައިވަނީ، ދުނިޔޭގެ ވައި ދުވަހެއް ދުވަހަކަށް މިހާރު ތަގައްޔަރު ވަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށާއި، މިކަން ހައްލު ކުރުމަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދު ކުުރުމަށް ގައުމު ތަކުން އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

17%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް